2 ބިލެއްގެ ފުރަތަމަ ކިޔުން އިއްވަވައިފި

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 9 ވަނަ ޖަލްސާގައި، ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާފައިވާ 2 ބިލެއްގެ ފުރަތަމަ ކިޔުން އިއްވަވައިފިއެވެ.

އެއީ، މަޑުއްވަރި ދާއިރާގެ މެންބަރު މުހައްމަދު އަމީތު އަޙްމަދު މަނިކު ހުށަހަޅުއްވާފައިވާ،  ޓްރާންސްޕޯޓް އޮތޯރިޓީގެ ބިލާއި، ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޚަލީލު ހުށަހަޅުއްވާފައިވާ އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކުގެ މެންބަރަކަށް ދިވެހިރާއްޖެ ވުމާބެހޭ ބިލެވެ.

22 މުޙައްރަމް 1437

4 ނޮވެންބަރ 2015