މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ 5 ވަނަ ޖަލްސާގައި، ހިޔުމަން ރައިޓްސް ކޮމިޝަންގެ ޤާނޫނު (ޤާނޫނު ނަންބަރު 2014/36)ގެ 8 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅުތައް މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީން ދިރާސާކުރައްވާ ނިންމެވި ގޮތަށް ފާސްކުރައްވައިފިއެވެ.
މިގޮތުން، އެ ކޮމިޝަނުގެ ރައީސާކަމަށް ހަމަޖެއްސެވުމަށް ހ.ހަބަރު / އަލްފާޟިލާ އާމިނަތު އީނާސް އަށް 62 މެންބަރަކު ވޯޓް ދެއްވާފައިވެއެވެ. އަދި އެ ކޮމިޝަންގެ ނައިބު ރައީސްކަމަށް ޏ.ފުވައްމުލައް، ފާތު / އަލްފާޟިލް ޝިފާޤު މުފީދު ހަމަޖެއްސެވުމަށް 54 މެންބަރަކު ވޯޓް ދެއްވާފައިވެއެވެ.
29 ޛުލްޙިއްޖާ 1436
13 އޮކްޓޯބަރ 2015