ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް މެންބަރުން ޢައްޔަންކުރެއްވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅުތައް ދިރާސާކުރެއްވުމަށް މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީއަށް ފޮނުއްވައިފި

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 4 ވަނަ ޖަލްސާގައި، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ޤާނޫނު (ޤާނޫނު ނަންބަރު 2015/27)ގެ 3 ވަނަ މާއްދާގެ ދަށުން އުފައްދާފައިވާ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް މެންބަރުން ޢައްޔަންކުރެއްވުމަށްޓަކައި، އެ ޤާނޫނުގެ 11 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅުތައް ދިރާސާކުރެއްވުމަށް މަޖިލީހުގެ ގަވައިދުގައިވާ ގޮތުގެ މަތިން މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީއަށް ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅުތަކަކީ ގ.އަތަ / އަލްފާޟިލް ޔޫސުފް މާނިޢު މުޙައްމަދު، ސ.މީދޫ، ހަސަންކާރީގެ/އަލްފާޟިލް މުޙައްމަދު ފަރުޙާދު، ބ.އޭދަފުށި،ގުލިސްތާނުގެ / އަލްއުސްތާޛު ޙައްސާނު ޙަމީދު އާއި ހދ.ނެއްލައިދޫ، ދިލްސާދު / އަލްއުސްތާޛާ ޚަދީޖާ ޢަބްދުﷲ އެވެ.

28 ޛުލްޙިއްޖާ 1436
12 އޮކްޓޯބަރ 2015