ދިވެހިރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓްކުރުމަށް ގޮވާލުމާއި ދިވެހިރާއްޖެއަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށްގޮވާލުން މަނާކުރާ ބިލުގެ ފުރަތަމަ ކިޔުން އިއްވަވައިފި

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 4 ވަނަ ޖަލްސާގައި، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޟް ރަޝީދު ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓްކުރުމަށް ގޮވާލުމާއި ދިވެހިރާއްޖެއަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށްގޮވާލުން މަނާކުރާ ބިލުގެ ފުރަތަމަ ކިޔުން އިއްވަވައިފިއެވެ.
މިއަދުގެ ޖަލްސާގައި، މީދޫ އާއި މަރަދޫ ފޭދޫ އަދި އައްޑޫ ސިޓީގެ އެހެން އަވަށްތަކުގެ ފެނާއި ނަރުދަމާގެ މަސައްކަތް ގޮސްފައިވާ ހިސާބެއް ސާފުކޮށްދެއްވުމަށްއެދި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް، މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަލްފާޟިލް ޠާރިޤު އިބްރާހީމްއާ ސުވާލުކުރެއްވިއެވެ. އަދި އިތުރު ސުވާލުކުރެއްވުމުގެ ވަގުތުގައި 14 މެންބަރުން، މިނިސްޓަރާއި ސުވާލު ކުރައްވާފައިވެއެވެ.

28 ޛުލްޙިއްޖާ 1436
12 އޮކްޓޯބަރ 2015