2 ބިލެއްގެ ފުރަތަމަ ކިޔުން އިއްވަވައިފި

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 3 ވަނަ ޖަލްސާގައި، ސަރުކާރުގެ ފަރާތުން، ހުށަހަޅުއްވާފައިވާ 2 ބިލެއްގެ ފުރަތަމަ ކިޔުން އިއްވަވައިފިއެވެ. އެއީ، މިލަންދޫ ދާއިރާގެ މެންބަރު ޙަސަން މުފީދު ޢަބްދުލްޤާދިރު ހުށަހަޅުއްވާފައިވާ، މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 2011/10) އަށް އިޞްލާޙު ގެނައުމުގެ ބިލާއި، ވިލިނގިލި ދާއިރާގެ މެންބަރު ސަޢުދު ޙުސައިން ހުށަހަޅުއްވާފައިވާ، މަސްތުވާތަކެއްޗާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 2011/17) އަށް އިޞްލާޙު ގެނައުމުގެ ބިލެވެ.
މީގެއިތުރުން، މާލޭގެ ގިނަ މަގުތަށް ޓްރެފިކް ބޯވެ، އެކަން ހައްލުކުރެއްވުމަށް އަޅުއްވަނީ ކޮންފިޔަވަޅުތަކެއްތޯ އޮޅުންފިލުއްވައިދެއްވުމަށް އެދި މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މާރިޔާ އަޙްމަދުދީދީ، މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާ ސުވާލުކުރެއްވިއެވެ. އަދި އިތުރު ސުވާލުކުރެއްވުމުގެ ވަގުތުގައި 13 މެންބަރުން، މިނިސްޓަރާއި ސުވާލު ކުރައްވާފައިވެއެވެ.

23 ޛުލްޙިއްޖާ 1436
7 އޮކްޓޯބަރު 2015