ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވަވައިފި

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 2 ވަނަ ޖަލްސާގައި، ސަރުކާރުގެ ފަރާތުން، ތިމަރަފުށި ދާއިރާގެ މެންބަރު މުޙައްމަދު މުސްޠަފާ ހުށަހަޅުއްވާފައިވާ، ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 69/78) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވަވައިފިއެވެ.
މީގެއިތުރުން، އއ. މަތިވެރީގެ ނަރުދަމާގެ މަސައްކަތާބެހޭ ގޮތުން މަތިވެރި ދާއިރާގެ މެންބަރު ޙުސައިން މުހައްމަދު، މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަލްފާޟިލް ޠާރިޤް އިބްރާހީމްއާ ސުވާލުކުރެއްވިއެވެ. އަދި އިތުރު ސުވާލުކުރެއްވުމުގެ ވަގުތުގައި 14 މެންބަރުން މިނިސްޓަރާއި ސުވާލު ކުރައްވާފައިވެއެވެ.
ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 7 އޮކްޓޯބަރ 2015 ވާ ބުދަދުވަހު ހެނދުނު 9:00 ގައި ރައްޔިތުންގެ މަޖިލީސްކުރާގޭގައެވެ.

22 ޛުލްޙިއްޖާ 1436
6 އޮކްޓޯބަރު 2015