ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އޮނަރަބަލް އަލްއުސްތާޛް ޢަބްދުﷲ ޙަމީދު (ނ.ޢ.ޢ.ވ) އަވަހާރަ ވުމުގެ ހިތާމައިގައި ރައްޔިތުންގެ މަޖިލީހުގެ ގޭގައި ހުޅުއްވަވާ ތަޢުޒިޔާގެ ދަފްތަރު މާދަމާ ހުޅުއްވަވާގޮތަށް ހަމަޖައްސަވައިފި

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އޮނަރަބަލް އަލްއުސްތާޛް ޢަބްދުﷲ ޙަމީދު (ނ.ޢ.ޢ.ވ) އަވަހާރަ ވުމުގެ ހިތާމައިގައި ރައްޔިތުންގެ މަޖިލީހުގެ ގޭގައި ހުޅުއްވަވާ ތަޢުޒިޔާގެ ދަފްތަރު މާދަމާ ހުޅުއްވަވާގޮތަށް ހަމަޖައްސަވައިފިއެވެ. މި ދަފްތަރު ދެ ދުވަސް ވަންދެން މަޖިލީހުގެ ގޭގައި ހުޅުވިފައި އޮންނާނެއެވެ.

ދަފްތަރު ހުޅުވިފައި އޮންނާނީ 22 އޮގަސްޓް 2015 ވާ ހޮނިހިރު ދުވަހުން ފެށިގެން، 23 އޮގަސްޓް 2015 ވާ އާދީއްތަ ދުވަހުގެ ނިޔަލަށެވެ. މި ދެ ދުވަހު ހެނދުނު 10:00 އިން ފެށިގެން ހަވީރު 5:00 އާ ހަމައަށް، މަޖިލީހުގެ ގޭގައި ދަފްތަރު ޢާންމުކޮށް ހުޅުވިފައި އޮންނާނެއެވެ.

6 ޛުލްޤައިދާ 1436
21 އޮގަސްޓް 2015