ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތަށް އިޞްލާޙު ގެނައުމުގެ ބިލު މަޖިލީހަށް ބަލައިގަތުމަށް ފާހެއްނުވި

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 25 ވަނަ ޖަލްސާގައި، މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނަޢީމް ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު (ޤާނޫނު ނަންބަރު 2014/9) އަށް އިޞްލާޙު ގެނައުމުގެ ބިލު މަޖިލީހުން ބަލައިގަތުމަށް ފާހެއްނުވިއެވެ.

މިއަދުގެ ޖަލްސާގައި، މިބިލް، ފާސްކުރެއްވުމަށް ފެނިވަޑައިގަންނަވާކަމަށް 11 މެންބަރުން ވޯޓް ދެއްވާފައިވެއެވެ. އަދި 35 މެންބަރުން ވަނީ ފެނިވަޑައިނުގަންނަވާ ކަމަށް ވޯޓްދެއްވާފައެވެ.

މި ބިލުގެ ފުރަތަމަ ކިޔުން އިއްވާފައިވަނީ 29 ޖޫން 2015 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލިހުގެ ދެވަނަ ދައުރުގެ 9 ވަނަ ޖަލްސާގައެވެ.

3 ޛުލްޤައިދާ 1436

18 އޮގަސްޓް 2015