ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 71 ވަނަ މާއްދާގެ (ށ)، ޢާންމު ކޮމިޓީން ނިންމެވިގޮތަށް އިޞްލާޙުކުރުމަށް، ފާސްކުރައްވައިފި

dsc5645މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 23 ވަނަ ޖަލްސާގައި، ގެމަނަފުށި ދާއިރާގެ މެންބަރު ޖަމީލް ޢުޘްމާން ހުށަހަޅުއްވާފައިވާ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 71 ވަނަ މާއްދާގެ (ށ)، ޢާންމު ކޮމިޓީން ނިންމެވިގޮތަށް އިޞްލާޙުކުރުމަށް، 43 މެންބަރުންގެ އަޢުލަބިއްޔަތުން ފާސްކުރައްވައިފިއެވެ.

މި މައްސަލަ ފާސްކުރެއްވުމަށް ފެނިވަޑައިނުގަންނަވާކަމަށް 19 މެންބަރުން ވޯޓް ދެއްވާފައިވެއެވެ. 3 މެންބަރަކުވަނީ ވަކިފަރާތަކަށް ވޯޓްދެއްވަން ބޭނުންފުޅުނުވާ ކަމަށް ވޯޓްދެއްވާފައެވެ.

މިއަދުގެ ޖަލްސާގައި، މި މައްސަލަ ކޮމިޓީން ދިރާސާ ކުރައްވާ ނިންމެވި ގޮތުގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވައިދެއްވީ ކޮމިޓީގެ މެންބަރު ނައިފަރު ދާއިރާގެ މެންބަރު އަޙުމަދު ޝިޔާމްއެވެ. މި މައްސަލައަށް 15 މެންބަރުން ވާހަކަދައްކަވާފައިވެއެވެ.

27 ޝައްވާލް 1436

12 އޮގަސްޓް 2015