މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އާއި މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ސުވާލުކުރައްވައިފި

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 23 ވަނަ ޖަލްސާގައި، މަރަދޫ ބަނދަރު މަރާމާތުކުރުމުގެ މަޝްރޫޢު ފެށޭނެ ތާރީޚެއް އޮޅުންފިލުއްވައިދެއްވުމަށް އެދި މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް، މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާ ސުވާލުކުރައްވައިފިއެވެ.

އަދި، އިތުރު ސުވާލު ކުރެއްވުމަށް ހުޅުވާލެވުނު ފުރުޞަތުގައި 15 މެންބަރުން ސުވާލުކުރެއްވިއެވެ.

27 ޝައްވާލް 1436

12 އޮގަސްޓް 2015