ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތުގެ ސުންގަނޑި އިތުރުކުރައްވައިފި

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 181 ވަނަ މާއްދާއާއި، ޤާނޫނު ނަންބަރު 2007/5 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ކ) ގެ ދަށުން ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރެއްގެ މަޤާމް ހުސްވުމާ ގުޅިގެންނާއި،  އަދި ޤާނޫނުއަސާސީގެ 183 ވަނަ މާއްދާ އާއި، ޤާނޫނު ނަންބަރު 2007/5 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) ގެ 16 ވަނަ މާއްދާގެ 1 ވަނަ ނަންބަރުގެ ދަށުން ސިވިލް ސަރވިސް ކޮމިޝަންގެ 02 (ދޭއް) މެންބަރެއްގެ މަޤާމް ހުސްވާތީ، ޤާނޫނު ނަންބަރު 2010/9 (ޤާނޫނު ނަންބަރު 2007/5 ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) އަށް 2 ވަނަ އިޞްލާޙުގެ ގެނައުމުގެ ޤާނޫނުގެ 13 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން 03 (ތިނެއް) މެންބަރުން ޢައްޔަންކުރުމަށްޓަކައި، ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގެ ސުންގަނޑި 05 އޮގަސްޓް 2015 ވާ ބުދަ ދުވަހުގެ ހަވީރު 5:00 ގެ ނިޔަލަށް އިތުރުކުރައްވައިފިއެވެ.

17 ޝައްވާލް 1436

2 އޯގަސްޓް 2015