ހިއުމަން ރައިޓްސް ކޮމިޝަނަށް ދެ މެންބަރުން ޢައްޔަނުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅުތައް ދިރާސާކުރެއްވުމަށް މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީއަށް ފޮނުއްވައިފި

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 18 ވަނަ ޖަލްސާގައި، ހިއުމަން ރައިޓްސް ކޮމިޝަނުގައި މިހާރު ހިމެނިވަޑައިގަންނަވާ ދެ މެންބަރެއްގެ މަޤާމުގެ މުއްދަތު 13 ސެޕްޓެމްބަރ 2015 ގެ ނިޔަލަށް ހަމަވާތީ، އެ ކޮމިޝަނަށް ދެ މެންބަރުން ޢައްޔަނުކުރެއްވުމަށްޓަކައި، ޤާނޫނު ނަންބަރު 2014/36 (ޤާނޫނު ނަންބަރު 2006/6 (ހިއުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނު) އަށް 1 ވަނަ އިސްލާޙު ގެނައުމުގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅުތައް ދިރާސާކުރައްވައި ގޮތެއް ނިންމެވުމަށް މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީއަށް ފޮނުއްވައިފިއެވެ.

ހިޔުމަން ރައިޓްސް ކޮމިޝަނަށް ހުށަހެޅިފައިވާ ނަންފުޅުތަކަކީ ހުސްނުހީނާގެ/ރ. ކަނދޮޅުދޫ މޫސާ ޢަލީކަލޭފާނު، ސުމައިޝް/ސ. ހިތަދޫ ނައިވީން ޢަބްދުﷲއެވެ.