ތަޢްޒިޔާގެ ދަފްތަރުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ސޮއިކުރައްވައިފި


އިންޑިއާގެ ކުރީގެ ރައީސް ޑރ. އޭ.ޕީ.ޖޭ. ޢަބްދުލް ކަލާމް އަވަހާރަވުމާގުޅިގެން އިންޑިއަން ހައިކޮމިޝަނުން ހުޅުއްވާފައިވާ ތަޢްޒިޔާގެ ދަފްތަރުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ މަސީޙް މުޙަންމަދު މިއަދު ސޮއިކުރައްވައި، މިހިތާމަވެރި ދަނޑިވަޅުގައި ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންގެ ނަންފުޅުގައާއި އެމަނިކުފާނުގެ އަމިއްލަނަންފުޅުގައި އިންޑިއާ ސަރުކާރަށާއި ރައްޔިތުންނަށް އިޚްލާސްތެރި ތަޢްޒިޔާ ފޮނުއްވައިފިއެވެ._DSC2229

އެތަޢްޒިޔާގެ ދަފްތަރުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ލިޔުއްވި ބަޔާނުގައި ޑރ. އޭ.ޕީ.ޖޭ. ޢަބްދުލް ކަލާމްގެ ރިޔާސީ ދައުރުގައި ދިވެހިރާއްޖެއާއި އިންޑިއާ އާއި ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް އެމަނިކުފާނު ކުރައްވާފައިވާ މަސައްކަތްޕުޅު ފާހަގަކުރެއްވިއެވެ.

14 ޝައްވާލް 1436
30 ޖުލައި 2015