އައި. ޕީ. ޔޫ. ގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ދަޢުވަތަކަށް މިހާރު ރާއްޖެވަޑައިގެން އުޅުއްވާ ދުނިޔޭގެ ޤާނޫނުހަދާ މަޖިލިސްތަކުގެ ޖަމްޢިއްޔާ – އިންޓަރ-ޕާލަމަންޓަރީ ޔޫނިއަން (އައި. ޕީ. ޔޫ.) ގެ ރައީސް ހިޒް އެކްސަލަންސީ މރ. ޞާބިރު ޙުސައިން ޗައުދުރީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ މަސީޙް މުޙަންމަދުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. 5

ރައްޔިތުންގެ މަޖިލިސްކުރާ ގޭގައި މިއަދު ހެނދުނު އޮތް މިބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހާއި އައި. ޕީ. ޔޫ. އާ ދެމެދު އޮތް ގުޅުމުގެ މައްޗަށް ދެބޭފުޅުންވެސް ބައްލަވާލެއްވިއެވެ. އަދި ޤައުމު ބިނާކުރުމުގައި ރައްޔިތުންގެ މަޖިލީހުގެ ދައުރާއި އައި. ޕީ. ޔޫ. އިން އިސްކަންދޭ ކަންތައްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި، ތަރައްޤީއާއި ކުރިއެރުމުގައި ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

އައި. ޕީ. ޔޫ. ގެ ރައީސްގެ މިދަތުރުފުޅުގައި ހުޅުމާލެއަށް ޒިޔާރަތްކުރައްވައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މަޝްރޫޢޫ ހިނގަމުންދާގޮތް ބައްލަވާލެއްވިއެވެ.

ދިވެހިރާއްޖޭގެ މިނިވަންކަމަށް 50 އަހަރުފުރޭ ރަންޔޫބީލް ފާހަގަކުރެއްވުމަށް ސަރުކާރުން މިރޭ ބާއްވަވާ ޚާއްޞަ ޙަފްލާގައި އައި. ޕީ. ޔޫ. ގެ ރައީސް ހިޒް އެކްސަލަންސީ މރ. ޞާބިރު ޙުސައިން ޗައުދުރީ ބައިވެރިވެވަޑައިގަންނަވާނެއެވެ.

10 ޝައްވާލް 1436
22 ޖުލައި 2015

2

 

 

 

 

 

2

 

 

 

 

 

 

1

 

 

 

 

 

4