ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާއަކަށް އެދިވަޑައިގެން ރައީސުލްޖުމްހޫއްރިއްޔާ ފޮނުއްވާފައިވާ މައްސަލައަށް މަޝްވަރާކުރައްވައިފި

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 14 ވަނަ ޖަލްސާގައި، ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާއަކަށް އެދިވަޑައިގެން ރައީސުލްޖުމްހޫއްރިއްޔާ ފޮނުއްވާފައިވާ މައްސަލައަށް މަޝްވަރާކުރައްވައިފިއެވެ.
މިމައްސަލައަކީ، ދިވެހިރާއްޖެއާއި ކޮމަންވެލްތާ ދެމެދު އޮންނަ ގުޅުމާ ބެހޭގޮތުން، 15 ޖުލައި 2015 ގައި ބޭއްވުނު ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި، ކޮމަންވެލްތްގައި ރާއްޖެއިން ޙަރަކާތްތެރިވަމުން އަންނަ ގޮތާއި މިންވަރު އަލުން މުޠާލިއާ ކުރުން މުހިންމު ކަމަށް ވަޒީރުންނަށް ފެނިވަޑައިގަންނަވާކަމަށް ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާދެއްވާފައިވާތީ، މިކަމާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތުގެ މަޝްވަރާއާއި ލަފާފުޅެއް ދެއްވުން އެދި ހުށަހަޅުއްވާފައިވާ މައްސަލައެކެވެ.
މިއަދުގެ ޖަލްސާގައި މިމައްސަލައަށް 6 މެންބަރުން ވާހަކަދައްކަވާފައިވެއެވެ.

4 ޝައްވާލް 1436
20 ޖުލައި 2015