ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް ޢާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެންބަރަކު ހޮވުމަށްޓަކައި މަޖިލީހުގެ އިދާރާއިން ކުރި އިޢުލާނަށް އިޖާބަދެއްވައި ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން އެބޯޑަށް އައްޔަނުކުރައްވަން ފަރުދާބަގީޗާގެ / ސ. ހިތަދޫ. އަޙްމަދު ޙަސަން ފެނިވަޑައިގަންނަވާކަމަށް މަޖިލީހުން ނިންމަވައިފި

ލޯކަލް ގަވަރމެންޓް އޮތޯރިޓީގެ ބޯޑަށް ޢާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެންބަރެއް ކަނޑައެޅުމަށްޓަކައި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 2010/7) ގެ 62 ވަނަ މާއްދާގެ (ބ) ގައިވާ ގޮތުގެމަތިން، ޤައުމީ ސަލާމަތު ކޮމިޓީން ދިރާސާކުރެއްވި ނަންފުޅުތަކުގެ ތެރެއިން، އެކޮމިޝަނަށް އައްޔަނުކުރައްވަން ފަރުދާބަގީޗާގެ / ސ. ހިތަދޫ. އަޙްމަދު ޙަސަން ފެނިވަޑައިގަންނަވާކަމަށް ރައްޔިތުންގެ މަޖިލީހުން ނިންމަވައިފިއެވެ.
ފަރުދާބަގީޗާގެ / ސ. ހިތަދޫ. އަޙްމަދު ޙަސަންގެ ނަން ވަނީ 57 މެންބަރުންގެ ޢިއްތިފާގުން ފާސްކުރައްވާފައެވެ.
މި މައްސަލަ ޤައުމީ ސަލާމަތު ކޮމިޓީން ދިރާސާ ކުރައްވާ ނިންމެވި ގޮތުގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވާދެއްވީ އެ ކޮމިޓީގެ މެންބަރު ގެމަނަފުށި ދާއިރާގެ މެންބަރު ޖަމީލް އުޘްމާންއެވެ.

19 ރަމަޟާން 1436
6 ޖުލައި 2015