ކާރިސާއާއިބެހޭ ކަންކަން ބެލެހެއްޓުމުގެ ބިލު މަޖިލީހަށް ބަލައިގެންފި

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 10 ވަނަ ޖަލްސާގައި، ސަރުކާރުގެ ފަރާތުން ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ފާރިސް މައުމޫން ހުށަހަޅުއްވާފައިވާ، ކާރިސާއާއުބެހޭ ކަންކަން ބެލެހެއްޓުމުގެ ބިލު، 54 މެންބަރުންގެ އިއްތިފާގުން މަޖިލީހަށް ބަލައިގަންފިއެވެ. މި ބިލު މަޖިލިހަށް ބަލައިގަތުމާއި ގުޅިގެން ދިރާސާ ކުރެއްވުމަށް ވަނީ ޤައުމީ ސަލާމަތުގެ ކޮމިޓީއަށް ފޮނުވިފައެވެ.
މި ބިލުގެ އިބްތިދާޢީ ބަޙުސް މަރުޙަލާގައި 16 މެންބަރުން ވާހަކަދެއްކެވިއެވެ.
މި ބިލުގެ ފުރަތަމަ ކިޔުން އިއްވާފައިވަނީ 24 ޖޫން 2015 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލިހުގެ ދެވަނަ ދައުރުގެ 8 ވަނަ ޖަލްސާގައެވެ.

13 ރަމަޟާން 1436
30 ޖޫން 2015