ރައްޔިތުންގެ މަޖިލީހުގެ ގަވައިދަށް، ޢާންމު ކޮމިޓީން ގެނެވުނު އިސްލާޙު ފާސްކުރައްވައިފި

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 9 ވަނަ ޖަލްސާގައި، ރައްޔިތުންގެ މަޖިލީހުގެ ގަވައިދަށް، ޢާންމު ކޮމިޓީން ގެނެވުނު އިސްލާޙު 54 މެންބަރުންގެ ޢަޢުލަބިއްޔަތުން ފާސްކުރައްވައިފިއެވެ. މިއިޞްލާހު ފާސްކުރެއްވުމަށް ފެނިވަޑައިނުގަންނަވާ ކަމަށް 14 މެންބަރުން ވޯޓުދެއްވާފައިވެއެވެ.
މި އިޞްލާޙަކީ، ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 172 ވަނަ މާއްދާގެ (ހ) އާއި، އެ އަކުރުގެ (3) ވަނަ ނަންބަރާއި (4) ވަނަ ނަންބަރު އިޞްލާޙުކުރުމަށާއި، އެ މާއްދާގެ (ސ) އުނިކުރުމަށާއި، އެ މާއްދާގެ ފަހަތަށް 1-172 ވަނަ މާއްދާގެ ގޮތުގައި މާއްދާއެއް އިތުރުކުރުމަށް، 27 ޖޫން 2015 ގައި ރައްޔިތުންގެ މަޖިލީހުގެ ފޮނުއްވުމާއި ގުޅިގެން ޢާންމު ކޮމިޓީން ދިރާސާކުރައްވައި ނިންމެވި އިޞްލާހެކެވެ.

12 ރަމަޟާން 1436
29 ޖޫން 2015