ބަންގްލަދޭޝްގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމަށް ކަނޑައެޅުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ، ގ. ވައިޖެހޭގެއާގެ، ޑޮކްޓަރ މުޙައްމަދު ޢާޞިމްގެ ނަންފުޅު ޤައުމީ ސަލާމަތުގެ ކޮމިޓީން ނިންމެވި ގޮތަށް ފާސްކުރައްވައިފި

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ދ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ބޭރު ޤައުމުތަކަށް ރާއްޖެއިން ސަފީރުން ކަނޑައެޅުމަށްޓަކައި، ބަންގްލަދޭޝްގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމަށް ޢައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ، ގ. ވައިޖެހޭގެއާގެ، ޑޮކްޓަރ މުޙައްމަދު ޢާޞިމްގެ ނަންފުޅު ދިރާސާކުރައްވައި ޤައުމީ ސަލާމަތުގެ ކޮމިޓީން ނިންމެވިގޮތަށް 67 މެންބަރުން ޢިއްތިފާޤުން ފާސްކުރައްވަފިއެވެ.

12 ރަމަޟާން 1436
29 ޖޫން 2015