3 ބިލެއްގެ ފުރަތަމަ ކިޔުން އިއްވަވައިފި

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 9 ވަނަ ޖަލްސާގައި، 3 ބިލެއްގެ ފުރަތަމަ ކިޔުން އިއްވަވައިފިއެވެ. އެއީ، ސަރުކާރުގެ ފަރާތުން، ވެލިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޔާމީން ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ބިލާއި، ކޮމަންޑޫ ދާއިރާގެ މެންބަރު އަޙްމަދު ނާޝިދު ހުށަހަޅުއްވާފައިވާ، އަސާސީ ކާބޯތަކެތީގެ އަގު ކޮންޓްރޯލް ކުރުމުގެ ބިލާއި މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނަޢީމް ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު (ޤާނޫނު ނަންބަރު 2014/9) އަށް އިޞްލާޙު ގެނައުމުގެ ބިލެވެ.

12 ރަމަޟާން 1436
29 ޖޫން 2015