2 ބިލެއްގެ ފުރަތަމަ ކިޔުން އިއްވަވައިފި

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 8 ވަނަ ޖަލްސާގައި، ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާފައިވާ 2 ބިލެއްގެ ފުރަތަމަ ކިޔުން އިއްވަވައިފިއެވެ. މިދެބިލަކީ، މަޑަވެލި ދާއިރާގެ މެންބަރު މުޢާޒު މުޙައްމަދު ރަޝީދު ހުށަހަޅުއްވާފައިވާ، އެއްގަމު ދަތުރުފަތުރުގެ ޤާނޫނު (ޤާނޫނު ނަންބަރު 2009/5) އަށް އިޞްލާޙު ގެނައުމުގެ ބިލާއި، ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ފާރިސް މައުމޫން ހުށަހަޅުއްވާފައިވާ، ކާރިސާއާއިބެހޭ ކަންކަން ބެލެހެއްޓުމުގެ ބިލެވެ.

7 ރަމަޟާން 1436
24 ޖޫން 2015