ރަމަޟާން މަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގެ ވަގުތު ހަމަޖެހިފައިވާ ގޮތް އިޢުލާންކުރައްވައިފި

މަޖިލީހުގެ މިދައުރުގެ 7 ވަނަ ޖަލްސާ ނިންމަވާލައްވަމުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީޙް މުޙައްމަދު، ރަމަޟާން މަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގެ ވަގުތު އާއްމު ކޮމިޓީގެ ލަފާގެ މަތިން ކަނޑައެޅިފައިވާގޮތް އިޢުލާންކުރެއްވިއެވެ.
މިގޮތުން، ރަމަޟާން މަހު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ހެނދުނު 10:30 ން މެންދުރު 14:00 ށް ކަމަށާއި، އަދި މެންދުރު 12:00 ން 13:00 ށް ޖަލްސާގެ ހުސްވަގުތުކަމަށް ވިދާޅުވިއެވެ. އަދި މަޖިލީހުގެ އިދާރާގެ ރަސްމީގަޑި، މަސައްކަތު ގަޑިއަކީ 10:00 އިން މެންދުރުފަހު 2:00 އަށް ކަމަށްވެސް ވިދާޅުވިއެވެ.
މީގެއިތުރުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ނަންފުޅުގައާއި އަމިއްލަ ނަންފުޅުގައި ދިވެހިރާއްޖޭގެ ލޮބުވެތި އެންމެހާ އަޚުންނާއި އުޚުތުންނަށް ރަމަޟާންމަހުގެ ތަހުނިޔާ އަރިސްކުރެއްވިއެވެ. އަދި، މި ބަރަކާތްތެރި މަހުގައި ރައްޔިތުންގެ މަޖިލީހުން ކުރާ މަސައްކަތްތަކުގައި މާތްﷲ ބަރާކާތާއި، މަދަދު މިންވަރުކޮށްދެއްވައި، މި ބަރަކާތްތެރި މަހުގެ ދަރުމައާއި ސަވާބު އެންމެންގެ މައްޗަށް އިތުރުކޮށްދެއްވާ، ދިވެހިރާއްޖެއަށް އިތުރު ތަނަވަސްކަމާއި ފާގަތިކަން މިންވަރުކޮށްދެއްވުން އެދި މަޖިލީހުގެ ރައީސް ދުޢާދެންނެވިއެވެ.

30 ޝަޢުބާން 1436
17 ޖޫން 2015