ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު މަޖިލީހުން ބަލައިގަތުމަށް ފާހެއްނުވި

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 6 ވަނަ ޖަލްސާގައި، އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ހުށަހަޅުއްވާފައިވާ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 2010/7) އަށް އިޞްލާޙު ގެނައުމުގެ ބިލު މަޖިލީހަށް ބަލައިގަތުމަށް ފާހެއްނުވިއެވެ.
މި ބިލު މަޖިލީހަށް ބަލައިގަންނަން ފެނިވަޑައިގަންނަވާކަމަށް ކަމަށް 21 މެންބަރުން ވޯޓް ދެއްވާފައިވާއިރު ބަލައިގަންނަން ފެނިވަޑައިނުގަންނަވާކަމަށް 40 މެންބަރުންގެ ވޯޓްދެއްވިއެވެ.
މިއަދުގެ ޖަލްސާގައި މި ބިލުގެ ބަޙުސް މަރުޙަލާގައި 16 މެންބަރުން ވާހަކަދެއްކެވިއެވެ. މި ބިލުގެ ފުރަތަމަ ކިޔުން އިއްވާފައިވަނީ 12 ނޮވެންބަރ 2014 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލިހުގެ ތިންވަނަ ދައުރުގެ 11 ވަނަ ޖަލްސާގައެވެ.

28 ޝަޢުބާން 1436
15 ޖޫން 2015