ދިއްގަރު ދާއިރާގެ ގޮނޑިއަށް އިންތިޚާބްވެވަޑައިގެންނެވި މއ. ކިނބިގަސްދޮށުގެ/ އަޙްމަދު ފާރިސް މައުމޫން ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމުގެ ހުވައި ކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ގޮނޑި ހުސްވުމާއި ގުޅިގެން 6 ޖޫން 2015 ވީ ހޮނިހިރު ދުވަހު ދިއްގަރު ދާއިރާގެ ގޮނޑިއަށް މެންބަރަކު އިންތިޚާބު ކުރުމަށްޓަކައި ބޭއްވުނު ބައި-_DSC5015އިލެކްޝަންގައި އިންތިޚާބުވެވަޑައިގެންނެވި މއ. ކިނބިގަސްދޮށުގެ/ އަޙްމަދު ފާރިސް މައުމޫން ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމުގެ ހުވައިކުރައްވުމަށްފަހު، ހުވައިގެ އިޤްރާރުގައި ސޮއި ކުރައްވައިފިއެވެ.
މިއަދު ހަވީރު 4:00 ގައި ރައްޔިތުންގެ މަޖިލީހުގެ ގޭގައި ބޭއްވުނު، މިރަސްމިއްޔާތުގައި ހުވައިލައިދެއްވީ ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދު އެވެ.
މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަލްފާޟިލް މޫސާ މަނިކުއާއި މަޖިލީހުގެ މެޖޯރިޓީ ލީޑަރ ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު ނިހާން ޙުސައިން މަނިކު ބައިވެރިވެވަޑައިގެންނެވިއެވެ.

22 ޝަޢުބާން 1436
9 ޖޫން 2015