މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު މަޖިލީހަށް ބަލައިގެންފި

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 3 ވަނަ ޖަލްސާގައި، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޢަލީ ފަޒާދު ހުށަހަޅުއްވާފައިވާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޤާނޫނު 1981 (ޤާނޫނު ނަންބަރު: 81/6) އަށް އިޞްލާޙު ގެނައުމުގެ ބިލު 50 މެންބަރުންގެ އިއްތިފާގުން މަޖިލީހަށް ބަލައިގަނެފިއެވެ. މި ބިލު މަޖިލިހަށް ބަލައިގަތުމާއި ގުޅިގެން ދިރާސާ ކުރެއްވުމަށް ވަނީ އިޤްތިޞާދީ ކޮމިޓީއަށް ފޮނުވިފައެވެ.
މި ބިލުގެ އިބްތިދާޢީ ބަޙުސް މަރުޙަލާގައި 11 މެންބަރުން ވާހަކަދެއްކެވިއެވެ.
މި ބިލުގެ ފުރަތަމަ ކިޔުން އިއްވާފައިވަނީ 4 ޖޫން 2015 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލިހުގެ ދެވަނަ ދައުރުގެ 1 ވަނަ ޖަލްސާގައެވެ.

22 ޝަޢުބާން 1436
9 ޖޫން 2015