މިނިސްޓަރ އޮފް ޔޫތް އެންޑް ސްޕޯޓްސްގެ މަޤާމަށާއި މިނިސްޓަރ އޮފް ހެލްތްގެ މަޤާމަށް ހުށަހަޅުއްވާފައިވާ ނަންފުޅުތައް ދިރާސާކުރެއްވުމަށް ޤައުމީ ސަލާމަތުގެ ކޮމިޓީއަށް ފޮނުއްވައިފި

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 1 ވަނަ ޖަލްސާގައި، މިނިސްޓަރ އޮފް ޔޫތް އެންޑް ސްޕޯޓްސްގެ މަޤާމަށް ހ.މާބަނޑޭރިއާގެ އަލްފާޟިލް އަޙްމަދު ޡުހޫރު، އަދި މިނިސްޓަރ އޮފް ހެލްތުގެ މަޤާމަށް ހ.އޯކިޑް އަލްފާޟިލް އިރުތިޝާމް އާދަމް، 20 މޭ 2015 ވީ ބުދަ ދުވަހު ޢައްޔަނުކުރައްވާފައިވާތީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެމަތިން، އެ ދެ ބޭފުޅުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ހޯއްދެވުމަށްޓަކައި ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރައްވައި ގޮތެއް ނިންމެވުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުވައިފިއެވެ.

17 ޝަޢުބާން 1436
4 ޖޫން 2015