ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 51 ވަނަ މާއްދާއަށާއި، 54 ވަނަ މާއްދާއަށް ހުށަހަޅުއްވާފައިވާ އިޞްލާޙުތައް ޢާންމު ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓު ކޮމިޓީއިން ނިންމެވިގޮތަށް ފާސްކުރައްވައިފި

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ 20 ވަނަ ޖަލްސާގައި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 51 ވަނަ މާއްދާގެ (އ) އިޞްލާޙުކުރުމަށާއި، 51 ވަނަ މާއްދާގެ (އ) ގެ ފަހަތަށް (ވ)، (މ)، (ފ) އަދި (ދ) އިތުރުކޮށް ދެންހުރި އަކުރުތައް ތަރުތީބުކުރުމަށާއި، 54 ވަނަ މާއްދާގެ (ޅ) އިޞްލާޙުކުރުމަށާއި، 54 ވަނަ މާއްދާގެ (ޅ) ގެ ފަހަތަށް (ކ) އަދި (އ) އިތުރުކުރުމަށް ހުށަހަޅުއްވާފައިވާ އިޞްލާޙުތައް ޢާންމު ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތަށް 42 މެންބަރުންގެ އަޢުލަބިއްޔަތުން ފާސްކުރައްވައިފިއެވެ. އަދި ފެނިވަޑައިނުގަންނަވާކަމަށް ވޯޓް ދެއްވާފައިވަނީ 3 މެންބަރުންނެވެ.
ޢާންމު ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓް މިއަދު މަޖިލީހަށް ހުށަހަޅުއްވައިދެއްވީ ކޮމިޓީގެ މުޤައްރިރު ކެލާ ދާއިރާގެ މެންބަރު ޢަލީ ޢާރިފްއެވެ.

8 ރަޖަބު 1436
27 އޭޕްރީލް 2015