“އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ޕްރިވެންޓް، ސަޕްރެސް އެންޑް ޕަނިޝް ޓްރެފިކިންގ އިން ޕާރސަންސް އެސްޕެޝަލީ ވިމެން އެންޑް ޗިލްޑްރަން” ގައި ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުންދިނުމަށް ފާސްކުރައްވައިފި

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ 20 ވަނަ ޖަލްސާގައި، ޤާނޫނުއަސާސީގެ 93 ވަނަ މާއްދާގެ ދަށުން، “އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ޕްރިވެންޓް، ސަޕްރެސް އެންޑް ޕަނިޝް ޓްރެފިކިންގ އިން ޕާރސަންސް އެސްޕެޝަލީ ވިމެން އެންޑް ޗިލްޑްރަން” (ސަޕްލިމެންޓިންގ ދަ ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އަގެއިންސްޓް ޓްރާނސްނޭޝަނަލް އޯގަނައިޒަޑް ކްރައިމް) ގައި ދިވެހިރާއްޖެއިން ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުންދިނުމަށް، 48 މެންބަރުންގެ ޢިއްތިފާގުން ފާސްކުރައްވައިފިއެވެ.
މިއަދުގެ ޖަލްސާގައި، ޤައުމީ ސަލާމަތުގެ ކޮމިޓީން މިމައްސަލަ ދިރާސާކުރައްވައި ނިންމެވި ގޮތުގެ ރިޕޯޓް ހުށަހަޅުއްވާފައިވަނީ ކޮމިޓީގެ ނައިބު މުޤައްރިރު މަނަދޫ ދާއިރާގެ މެންބަރު ޢުމަރު ޙުސައިންއެވެ.

8 ރަޖަބު 1436
27 އޭޕްރީލް 2015