ބަންގްލަދޭޝްގެ ސަފީރު މަޖިލީހުގެ ރައީސްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

_DSC0064-2
ބަންގްލަދޭޝް ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ހިޒް އެކްސަލަންސީ ރިއަރ އެޑްމިރަލް ކާޒީ ސަރުވާރު ޙުސައިން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ މަސީޙް މުޙަންމަދުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލިސްކުރާ ގޭގައި މިއަދުއޮތް މިބައްދަލުކުރެއްވުމުގައި ދެޤައުމުގެ ދެމެދުގައި އޮތް ގާތް އެކުވެރި އުޚުވަތްތެރި ގުޅުމުގެ މައްޗަށް ބައްލަވާ ލައްވަމުން މިގުޅުން އިތުރަށް ބަދަހިކުރުމުގައި އެހީތެރިވެދޭނެ ކަންތައްތަކާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.
_DSC0098
މި ބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހުގައި މަޖިލީހުގެ އަމީން ޢާންމު އަލްއުސްތާޛު އަޙްމަދު މުޙަންމަދާއި މަޖިލީހުގެ ކައުންސެލް ޖެނެރަލް އަލްއުސްތާޛާ ފާޠިމަތު ފިލްޒާއާއި މަޖިލީހުގެ އިދާރާގެ ހެޑް، ފޮރިން ރިލޭޝަންސް އަލްފާޟިލް ޢަބްދުލްޙަމީދު ޒަކަރިއްޔާ ބައިވެރިވެވަޑައިގަތެވެ.
ބަންގްލަދޭޝްގެ ސަފީރުގެ އަރިހުގައި ބައިވެރިވެވަޑައިގަތީ ބަންގްލަދޭޝް ހައި ކޮމިޝަންގެ ހެޑް އޮފް ޗާންސަރީ މުޙަންމަދު ހާރޫނުއްރަޝީދްއެވެ.