ޕަބްލިކް ސަރވިސް މީޑިއާގެ ބިލު މަޖިލީހުން ބަލައިގެންފި

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 14 ވަނަ ޖަލްސާގައި، ހޯރަފުށި ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢިލް ހުށަހަޅުއްވާފައިވާ، ޕަބްލިކް ސަރވިސް މީޑިއާގެ ބިލު، މަޖިލީހުން ބަލައިގަތުމަށް 43 މެންބަރުންގެ އިއްތިފާގުން ފާސްކުރައްވައިފިއެވެ. އަދި ވަކިފަރާތަކަށް ވޯޓްދޭން ބޭނުންނުވާކަމަށް ވޯޓްދެއްވީ އެއް މެންބަރެކެވެ.
މި ބިލުގެ އިބްތިދާއީ ބަހުސް މަރުހަލާގައި ޖުމްލަ 14 މެންބަރުން ބަހުސްކުރައްވާފައިވެއެވެ. ދެވަނަ ފުރުޞަތުގައި 3 މެންބަރުން ވާހަކަދައްކަވާފައިވެއެވެ. އަދި މި ބިލު މަޖިލީހުން ބަލައިގަތުމާއިގުޅިގެން ދިރާސާކުރެއްވުމަށްވަނީ މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީއަށް ފޮނުވިފައެވެ.

18 ޖުމާދަލްއާޚިރާ 1436
7 އޭޕްރީލް 2015