ނޭޝަނަލް ޑްރަގް އެޖެންސީ، މިނިސްޓްރީ އޮފް ހޯމް އެފެއަރޒްގެ ބެއްލެވުމުގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ހަމަޖެއްސުމާ ގުޅޭގޮތުން ފޮނުއްވާފައިވާ މަސައްލަ، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުއްވައިފި

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 14 ވަނަ ޖަލްސާގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރުގެ ދަށުން، ނޭޝަނަލް ޑްރަގް އެޖެންސީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒްގެ ބެއްލެވުމުގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ހަމަޖެއްސުމާ ގުޅޭގޮތުން ފޮނުއްވާފައިވާ މަސައްލަ ދިރާސާކުރައްވައި ގޮތެއް ނިންމެވުމަށް، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުއްވައިފިއެވެ.

18 ޖުމާދަލްއާޚިރާ 1436
7 އޭޕްރީލް 2015