ޢާންމު ގަވާއިދުތަކާބެހޭ ޤާނޫނުގެ ޖަދުވަލު 1 އަދި 2 ގައިވާ ގަވާއިދުތަކަށް ޢަމަލުކުރުމުގެ މުއްދަތު އިތުރުކުރުމާ ގުޅޭ މައްސަލަ ގަވާއިދު ކޮމިޓީން ދިރާސާކުރައްވައި ނިންމެވި ގޮތަށް ފާސްކުރައްވައިފި

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 13 ވަނަ ޖަލްސާގައި، ޢާންމު ގަވާއިދުތަކާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 2008/6 ) ގެ ޖަދުވަލު 1 އަދި 2 ގައިވާ ގަވާއިދުތަކަށް ޢަމަލުކުރުމުގެ މުއްދަތު 2016 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް އިތުރުކުރުމަށް، ގަވާއިދު ކޮމިޓީން ދިރާސާކުރައްވައި ނިންމެވި ގޮތަށް 44 މެންބަރުން އިއްތިފާގުން ފާސްކުރައްވައިފިއެވެ.
ގަވާއިދު ކޮމިޓީން ދިރާސާކުރައްވައި ނިންމެވި ގޮތުގެ ރިޕޯޓް ހުށަހަޅުއްވައިދެއްވީ ގަވާއިދު ކޮމިޓީގެ ނައިބު މުޤައްރިރު މަނަދޫ ދާއިރާގެ މެންބަރު ޢުމަރު ޙުސެއިންއެވެ. މިރިޕޯޓަށް އެއް މެންބަރަކު ވާހަކަދައްކަވާފައިވެއެވެ.

10 ޖުމާދަލްއާޚިރު 1436
30 މާރިޗު 2015