ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގެ މިއަހަރުގެ ފުރަތަމަ ބައްދަލުވުން ބާއްވައިފިއެވެ. މި ބައްދަލުވުމަށް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު 23 ފެބްރުއަރީ 2015 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުގައި ދިމާވި ކަންތައްތައް ދިރާސާކުރެއްވުމަށް އެޖެންޑާކުރެވިފައިވެއެވެ.
ނަމަވެސް، ވޯޓަށް އެހުމަށް ބޭނުންވާ އަދަދަށް މެންބަރުން ހާޒިރުވެވަޑައިގެން ނެތުމާއެކު އެހެންދުވަހަކަށް މިމައްސަލަ ފަސްކުރެއްވިއެވެ.
މިއަދު ބޭއްވުނު ބައްދަލުކުރެއްވުމަށް ކޮމިޓީގެ މުޤައްރިރު ކެނދިކުޅުދޫ ދާއިރާގެ މެންބަރު ޢަލީ މަޢުރޫފްގެ އިތުރުން ކޮމިޓީގެ ނައިބު މުޤައްރިރު ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު ނިހާން ޙުސައިން މަނިކު، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޟް ރަޝީދު، ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް، ކެލާ ދާއިރާގެ މެންބަރު ޢަލީ ޢާރިފް، ގެމަނަފުށީ ދާއިރާގެ މެންބަރު ޖަމީލްޢުޘްމާން، ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާ، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ، ކެނދިކުޅުދޫ ދާއިރާގެ މެންބަރު ޢަލީ މަޢުރޫފް އަދި މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނަޢީމް ވަޑައިގެންނެވިއެވެ.

6 ޖުމާދަލްއޫލާ 1436
25 ފެބްރުއަރީ 2015