މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ 29 ވަނަ ޖަލްސާގައި، ހޯރަފުށި ދާއިރާގެ މެންބަރު މުޙައްމަދު އިސްމާއީލް ހުށަހަޅުއްވާފައިވާ ދެ ބިލެއްގެ ފުރަތަމަ ކިޔުން އިއްވަވައިފިއެވެ.
މި ދެ ބިލަކީ ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި ޢިނާޔަތްތަކާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 2009/9) އަށް އިސްލާޙްގެނައުމުގެ ބިލާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް އިސްލާޙުގެނައުމުގެ ބިލެވެ.
މީގެ އިތުރުން، މިއަދު ގެ ޖަލްސާގައި، މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހެޅުއްވި މައްސަލައެއް ކަމުގައިވާ މާލޭ ސިޓީ ކައުންސިލުން ކުރައްވަމުން ގެންދެވި މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ މާލޭ ސިޓީގެ މަގުތައް ބެލެހެއްޓެމުމާއި، މާލޭ ސިޓީގެ ޕާކުތަކާއި މައިދާންތައް ބެލެހެއްޓުމުގެ މަސައްކަތް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއަށް ބަދަލުކުރުމަށްފަހު، އެ މިނިސްޓްރީތަކުގެ މަސައްކަތްތަކާ ގުޅޭގޮތުން ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރެއްވުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުއްވިއެވެ.
3 ރަބީޢުލްއައްވަލް 1436
25 ޑިސެންބަރ 2014