އިޤްތިޞާދީ ކޮމިޓީގެ 27 ވަނަ ބައްދަލުވުން ބާއްވައިފި

މިއަދު ބޭއްވުނު އިޤްތިޞާދީ ކޮމިޓީގެ 27 ވަނަ ބައްދަލުވުމުގައި، މުޅި މަޖިލީހުގެ ކޮމިޓީން، އިޤްތިޞާދީ ކޮމިޓީއަށް ފޮނުއްވާފައިވާ ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނު (ޤާނޫނު ނަމްބަރ 79/31) އަށް އިޞްލާޙުގެނައުމުގެ ބިލު، ކޮމިޓީން ނިންމަވާފައިވާ ގޮތުގެ ރިޕޯޓު އަލުން މުރާޖަޢާކޮށްދެއްވުން އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ސިޓީ ފޮނުއްވާފައިވާތީ، އެބިލު އަލުން ދިރާސާކުރެއްވުމުގެ މަސައްކަތް ކުރިއަށް ގެންދެވިއެވެ.

މިއަދު ބޭއްވުނު ބައްދަލުކުރެއްވުމަށް ކޮމިޓީގެ މުޤައްރިރު ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޚަލީލްގެ އިތުރުން ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސަޢުދުﷲ ޙިލްމީ، ތ. ގުރައިދޫ ދާއިރާގެ މެންބަރު ޙުސައިންމަނިކު ދޮންމަނިކު، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު ވަޑައިގެންނެވިއެވެ.

19 ޞަފަރު 1436

11 ޑިސެންބަރ 2014