ޢާންމު ކޮމިޓީގެ 22 ވަނަ ބައްދަލުވުން ބާއްވައިފި

މިއަދު ބޭއްވުނު ޢާންމު ކޮމިޓީގެ 22 ވަނަ ބައްދަލުވުމުގައި، ސުޕްރީމް ކޯޓުގެ 2 ފަނޑިޔާރަކު މަޤާމުން ވަކިކުރުމާ ބެހޭގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ފޮނުއްވާފައިވާ މައްސަލައާ ގުޅޭގޮތުން މަޖިލީހުގެ ގަވާއިދުގެ 178 ވަނަ މާއްދާގެ (ށ) ގެ ދަށުން މެންބަރުންނަށް ވާހަކަ ދެއްކެވުމަށް އެރުވޭނެ ފުރުސަތުގެ ދިގުމިން ކަނޑައެޅުއްވުން ކުރިއަށްގެންދެވިއެވެ.

މިއަދު ބޭއްވުނު ބައްދަލުކުރެއްވުމަށް ކޮމިޓީގެ މުޤައްރިރު ކެލާ ދާއިރާގެ މެންބަރު އަލީ އާރިފްގެ އިތުރުން ކޮމިޓީގެ ނައިބު މުޤައްރިރު ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު އާމިރު، ގައްދޫ ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު، ކެޔޮދޫ ދާއިރާގެ މެންބަރު މޫސާ ނިޒާރު އިބްރާހީމް، އަލިފުށި ދާއިރާގެ މެންބަރު މުޙަންމަދު ރަޝީދު ޙުސައިން، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުޙަންމަދު ފަލާޙް، ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަޙީމް ޢަބްދުﷲ އަދި މަހިބަދޫ ދާއިރާގެ މެންބަރު އަޙުމަދު ތާރިގް ވަޑައިގެންނެވިއެވެ.

21 ޞަފަރު 1436

13 ޑިސެންބަރ 2014