2015 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް، ބަޖެޓް ދިރާސާކުރާ ކޮމިޓީން ދިރާސާކުރައްވައި ނިންމެވި ގޮތަށް ފާސްކުރައްވައިފި

_DSC0649   މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި 2015 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް، ބަޖެޓް ދިރާސާކުރާ ކޮމިޓީން ނިންމެވި ގޮތަށް 60 މެންބަރުންގެ ވޯޓުން ފާސްކުރައްވައިފިއެވެ. އަދި ބަޖެޓް ފާސްކުރައްވަން ފެނިވަޑައިނުގަންނަވާކަމަށް 19 މެންބަރުން ވޯޓް ދެއްވާފައިވެއެވެ.

މިއަދުގެ ޖަލްސާގައި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 83 ވަނަ މާއްދާގެ (ށ) ގެ ދަށުން 1 އިޞްލާޙަށް އަދި 83 ވަނަ މާއްދާގެ (ނ)ގެ ދަށުން 18 އިޞްލާޙަކަށް ވޯޓަށް އައްސަވާފައިވެއެވެ. ނަމަވެސް، ވޯޓަށްއެއްސެވި 19 އިޞްލާޙް ވަނީ ފާސްނުވެފައެވެ.

“ބަޖެޓް ދިރާސާ ކުރާ ކޮމިޓީ” އަކީ ދައުލަތުގެ ބަޖެޓް ދިރާސާކުރެއްވުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 179 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެ މަތިން، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާއި އިޤްތިޞާދީ ކޮމިޓީ ގުޅިފައިވާ ކޮމިޓީއެކެވެ. 2015 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓް، ބަޖެޓް ދިރާސާ ކުރާ ކޮމިޓީއަށް ރައްޔިތުންގެ މަޖިލީހުން ފޮނުއްވާފައިވަނީ 4 ނޮވެމްބަރ 2014 ވީ އަންގާރަ ދުވަހުގައި ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2014 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 8 ވަނަ ޖަލްސާގައެވެ.

18 ޞަފަރު 1436

10 ޑިސެމްބަރ 2014