މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 145 ވަނަ މާއްދާގެ ދަށުން، މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސް މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ 23 ވަނަ ޖަލްސާގައި ކުރިއަށް ގެންދަވައިފިއެވެ.

މި ކުއްލި މައްސަލައަކީ މިއަހަރުގެ ޑިސެމްބަރ މަހުގެ 4 ވީ ބުރާސްފަތިދުވަހު، އެމް.ޑަބްލިއު.އެސް.ސީގެ ފެން ޕްލާންޓަށް ކަރަންޓު ފޯރުކޮށްދިނުމަށް އެކުންފުނީގެ ގޯތިތެރޭގައި ގާއިމްކޮށްފައިވާ ސްޓޭޝަންއެއްގެ ޖަނަރޭޓަރަކާ ގުޅާފައި ހުރި ޕެނަލް ބޯޑަކާއި އެ ބޯޑުގެ ކޭބަލްތަކުގައި ރޯވެ، ހިނގާފައިވާ އަލިފާނުގެ ހާދިސާއާ ގުޅިގެން، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފެނުގެ ދަތިކަން ދިމާވެފައިވާތީ، މިފަދަ ހާދިސާއެއް ހިނގިޔަ ނުދިނުމަށްޓަކައި އެޅެންހުރި ހުރިހާ ފިޔަވަޅެއް އެޅުމަށް ސަރުކާރުގެ ސަމާލުކަމަށް ގެނައުމުގެ ގޮތުން ހުށަހެޅުއްވާފައިވާ ކުއްލި މައްސަލައެކެވެ.

މިމައްސަލައަށް 5 މެންބަރުން ވާހަކަދައްކަވާފައިވެއެވެ.

ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 10 ޑިސެމްބަރ 2014 ވާ ބުދަ ދުވަހު ހެނދުނު 11:00 ގައި ރައްޔިތުންގެ މަޖިލީސްކުރާ ގޭގައެވެ.

17 ޞަފަރު 1436

9 ޑިސެމްބަރ 2014