މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ 21 ވަނަ ޖަލްސާގައި، ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު ޢާމިރު ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމުގެ ބިލު މަޖިލީހަށް ބަލައިގެންފިއެވެ.
މި ބިލު ބަލައިގަތުމަށް ފެނިވަޑައިގަންނަކަމަށް 54 މެންބަރުން ވޯޓްދެއްވާފައިވާއިރު، ބިލު ބަލައިގަންނަން ފެނިވަޑައިނުގަންނަވާ ކަމަށް ވޯޓްދެއްވާފައިވަނީ 13 މެންބަރުންނެވެ. މި ބިލު މަޖިލީހުން ބަލައިގަތުމާއެކު މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީއަށް ދިރާސާކުރައްވަންވަނީ ފޮނުއްވާފައެވެ.
މިއަދުގެ ޖަލްސާގައި ކުރިއަށްގެންދެވި މި ބިލުގެ އިބްދާއީ ބަހުސް މަރުހަލާގައި 3 މެންބަރުން ވާހަކަދެއްކެވިއެވެ.މި ބިލުގެ ފުރަތަމަ ކިޔުން އިއްވާފައިވަނީ 24 ނޮވެމްބަރ 2014 ގައި ބޭއްވުނު މަޖިލީހުގެ ތިން ވަނަ ދައުރުގެ 17 ވަނަ ޖަލްސާގައެވެ.