މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ 20 ވަނަ ޖަލްސާގައި، ދައުލަތުގެ މާލިއްޔަތު ޤާނޫނު (ޤާނޫނު ނަންބަރު 3/2006) އަށް އިޞްލާޙު ގެނައުމުގެ ބިލު ކޮމިޓީން ދިރާސާކުރައްވާ ނިންމެވިގޮތަށް 41 މެންބަރުން އަޣްލަބިއްތުން ފާސްކުރައްވައިފިއެވެ.
މި ބިލު ފާސްކުރައްވަން ފެނިވަޑައިނުގަންނަވާ ކަމަށް 25 މެންބަރުން ވޯޓްދެއްވާފައިވާއިރު، 1 މެންބަރަކު ވަކިފަރާތަކަށް ވޯޓްދެއްވާފައެއްނުވެއެވެ.
މި ބިލު ދިރާސާކުރައްވާ ނިންމެވިގޮތުގެ ކޮމިޓީ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހަޅާދެއްވީ އިޤްތިޞާދީ ކޮމިޓީގެ މުޤައްރިރު ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޚަލީލްއެވެ.މިއަދުގެ ޖަލްސާގައި މިރިޕޯޓަށް 7 މެންބަރުން ބަޙުސްކުރައްވާފައިވެއެވެ.
މި ބިލުގެ ފުރަތަމަ ކިޔުން އިއްވާފައިވަނީ 19 އޯގަސްޓް 2014 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 25 ވަނަ ޖަލްސާގައެވެ.
09 ޞަފަރު 1436
01 ޑިސެމްބަރ 2014