ޖިނާއީ މައްސަލަތަކުގައި ޤާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ބިލު މަޖިލީހަށް ބަލައިގެންފި

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ 19 ވަނަ ޖަލްސާގައި، ސަރުކާރުގެ ފަރާތުން މަޑުއްވަރި ދާއިރާގެ މެންބަރު މުޙައްމަދު އަމީތު އަޙްމަދުމަނިކު ހުށަހަޅުއްވާފައިވާ، ޖިނާއީ މައްސަލަތަކުގައި ޤާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ބިލު މަޖިލީހަށް ބަލައިގަނެ، ޤައުމީ ސަލާމަތުގެ ކޮމިޓީއަށް ދިރާސާކުރެއްވުމަށް ފޮނުއްވައިފިއެވެ.

މި ބިލު މަޖިލީހަށް ބަލައިގަތުމަށް ފެނިވަޑައިގަންނަވާ ކަމަށް 60 މެންބަރުން ވޯޓްދެއްވާފައިވާއިރު، ބަލައިގަތުމަށް ފެނިވަޑައިނުގަންނަވާ ކަމަށް 9 މެންބަރުން ވޯޓްދެއްވާފައިވެއެވެ.

މިއަދުގެ ޖަލްސާގައި މި ބިލުގެ އިބްދާއީ ބަހުސަށް ކަނޑައަޅާފައިވާ ވަގުތުގައި 23 މެންބަރުން ވާހަކަދެއްކެވިއެވެ.

ޖިނާއީ މައްސަލަތަކުގައި ޤާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވާފައިވަނީ 5 ނޮވެމްބަރ 2014 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 9 ވަނަ ޖަލްސާގައެވެ.

4 ޞަފަރު 1436

26 ނޮވެމްބަރ 2014