މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ 17 ވަނަ ޖަލްސާ ގައި ސަރުކާރުގެ ފަރާތުން، އުނގޫފާރު ދާއިރާގެ މެންބަރު ޖަޢުފަރު ދާއޫދު ހުށަހަޅުއްވާފައިވާ، ކުށްވެރިން ބަދަލުކުރުމުގެ ބިލު، މަޖިލީހުން ބަލައިގަތުމަށް 69 މެންބަރުންގެ ޢިއްތިފާޤުން ފާސްކުރައްވައިފިއެވެ.
މި ބިލު މަޖިލީހުން ބަލައިގަތުމާއިގުޅިގެން ދިރާސާކުރެއްވުމަށްވަނީ ޤައުމީ ސަލާމަތުގެ ކޮމިޓީއަށް ފޮނުވިފައެވެ.
މި ބިލުގެ އިބްތިދާއީ ބަހުސް މަރުހަލާގައި ޖުމްލަ 3 މެންބަރުން ބަހުސްކުރައްވާފައިވެއެވެ.
2 ޞަފަރު 1436
24 ނޮވެމްބަރ 2014