ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުއްވައިފި

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 17 ވަނަ ޖަލްސާގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރުގެ ދަށުން، 17 ނޮވެންބަރ 2013 ގެ ފަހުން އުފައްދާފައިވާ މިނިސްޓްރީތަކާއި، އެ މިނިސްޓްރީތަކުގެ ދަށުން ހިނގަމުންދާ ތަންތަނުގެ މަސައްކަތްތަކާ ގުޅޭގޮތުން ފޮނުއްވާފައިވާ މައްސަލަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުއްވައިފިއެވެ.

މީގެއިތުރުން، މިއަދުގެ ޖަލްސާގައި، ކޮމަންޑޫ ދާއިރާގެ މެންބަރު އަޙްމަދު ނާޝިދު، ރާއްޖޭގެ ދީނީ އެއްބައިވަންތަކަން އާލާކޮށް، ދީނީ ބައިބައިވުންތައް ފެތުރުނަ ނުދިނުމަށްޓަކައި އަޅާފައިވާ ފިޔަވަޅުތައް އޮޅުންފިލުވައިދެއްވުމަށް އެދި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއާ ސުވާލުކުރައްވާފައިވެއެވެ.

2 ޞަފަރު 1436

24 ނޮވެމްބަރ 2014