ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހަށް ޔޫ.އެން. ގެ ރެޒިޑެންޓް ކޯރޑިނޭޓަރ އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

_DSC3377  ދިވެހިރާއްޖޭގައި ހުންނަވާ ޔުނައިޓެޑް ނޭޝަންސް ރެޒިޑެންޓް ކޯރޑިނޭޓަރ އަދި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫ.އެން.ޑީ.ޕީ.) ގެ ރެޒިޑެންޓް ރެޕްރެޒެންޓެޓިވްމިސްޝޯކޯ ނޯޑާ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ މަސީޙް މުޙަންމަދުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް މިއަދު ކުރައްވައިފިއެވެ. ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި އޮތް މި ބައްދަލުކުރެއްވުމުގައި، ތަރައްޤީގެ މަގުގައި ރާއްޖެ ޙާޞިލް ކޮށްފައިވާ ކުރިއެރުންތަކަށް ބައްލަވާލައްވައި ރާއްޖޭގެ ތަރައްޤީގެ ކުރިމަގާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ އަމީން ޢާންމު އަލްއުސްތާޛު އަޙްމަދު މުޙަންމަދުއާއި ކައުންސެލް ޖެނެރަލް އަލްއުސްތާޛާ ފާޠިމަތު ފިލްޒާއާއި މަޖިލީހުގެ އިދާރާގެ ހެޑް، ފޮރިން ރިލޭޝަންސް، އަލްފާޟިލް ޢަބްދުލްޙަމީދު ޒަކަރިއްޔާ ބައިވެރިވެވަޑައިގަތެވެ.

މިސް ޝޯކޯ ނޯޑާގެ އަރިހުގައި ޔޫ.އެން.ޑީ.ޕީ.ގެ އެސިސްޓަންޓް ރެޒިޑެންޓް ރެޕްރެޒެންޓެޓިވް، ޑިމޮކްރެޓިކް ގަވަރނަންސް، އަލްފާޟިލާ އައިޝަތު ރިޒްނާ ބައިވެރިވެވަޑައިގަތެވެ. _DSC3380

 

 

 

 

_____________________

20 ނޮވެމްބަރ 2014