2015 ވަނަ އަހަރަށް ލަފާކުރައްވާ ދައުލަތުގެ ބަޖެޓާބެހޭ ބަހުސް މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ 15 ވަނަ ޖަލްސާގައި ނިންމަވާލައްވައިފިއެވެ. މިއަދުގެ ޖަލްސާގައި ވާހަކަދެއްކެވި 13 މެންބަރުންނާއެކު، ޖުމްލަ 79 މެންބަރުން ބަހުސްގައި ބައިވެރިވެވަޑައިގެންނެވިއެވެ.
މިއަދުގެ ޖަލްސާ ރިޔާސަތުން ނިންމަވާލައްވާފައިވަނީ ބަހުސްކުރައްވަން ފުރުޞަތަށް އެދިވަޑައިގެންނެވި ހުރިހާ މެންބަރުންނަށް ފުރުޞަތު އެރުވުމަށްފަހުގައެވެ.
2015 ވަނަ އަހަރަށް ލަފާކުރައްވާ ދައުލަތުގެ ބަޖެޓް މަޖިލީހަށް ހުށަހަޅާފައިވަނީ މިއަހަރުގެ ތިންވަނަ ދައުރުގެ 8 ވަނަ ޖަލްސާގައެވެ.
ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 19 ނޮވެންބަރު 2014 ވާ ބުދަދުވަހު ހެނދުނު 09:00 ޖަހާއިރު ރައްޔިތުންގެ މަޖިލީސްކުރާ ގޭގައެވެ.