2015 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާބެހޭ ބަހުސް މިއަދުވެސް ކުރިއަށްގެންދަވައިފި

2015 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާބެހޭ ބަހުސް މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ 14 ވަނަ ޖަލްސާގައިވެސް ކުރިއަށްގެންދަވައިފިއެވެ. މިގޮތުން މިއަދުގެ ޖަލްސާގައި ޖުމްލަ 19 މެންބަރުން ބަހުސް ކުރައްވާފައިވެއެވެ.

ބަޖެޓްގެ އިބްތިދާޢީ ބަހުސްގެ މަރުޙަލާގައި މިހާތަނަށް ޖުމްލަ 66 މެންބަރުން ވާހަކަދައްކަވާފައިވެއެވެ.

ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 18 ނޮވެމްބަރ 2014 ވާ އަންގާރަދުވަހު ހެނދުނު 9:00 ގައި ރައްޔިތުންގެ މަޖިލީސްކުރާގޭގައެވެ.

24 މުޙައްރަމް 1436

17 ނޮވެމްބަރ 2014