މިއަދު ބޭއްވުނު 2015 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ދިރާސާކުރެއްވުމަށް އެކުލަވާލެއްވި ކޮމިޓީގެ 7 ވަނަ ބައްދަލުވުމުގައި، މިނިވަން މުއައްސަސާތަކުގެ ބަޖެޓާއި ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
މިގޮތުން، މިނިވަން މުއައްސަސާތަކުން ފޮނުއްވާފައިވާ ސިޓީތަކުގައި ފާހަގަކުރައްވާފައިވާ ކަންކަމާގުޅޭ ގޮތުން ކަމާގުޅޭ ފަރާތްތަކާ ބައްދަލުކުރެއްވުމަށް ނިންމެވިއެވެ.
މިއަދުގެ ބައްދަލުވުމަށް، ކޮމިޓީގެ މުޤައްރިރު ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު ނިހާން ޙުސައިންމަނިކުގެ އިތުރުން ކޮމިޓީގެ ނައިބު މުޤައްރިރު ކެނދިކުޅުދޫ ދާއިރާގެ މެންބަރު ޢަލީ މަޢުރޫފް، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު ޢަބްދުލްކަރީމް، ކޮމަންޑޫ ދާއިރާގެ މެންބަރު އަޙްމަދު ނާޝިދު، ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއްލަތީފް މުޙައްމަދު، އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް، މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤް، މަތިވެރި ދާއިރާގެ މެންބަރު ޙުސައިން މުޙަންމަދު، ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު އާމިރު، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، ކިނބިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޟް، ކެލާ ދާއިރާގެ މެންބަރު ޢަލީ އާރިފް، ގަމު ދާއިރާގެ މެންބަރު ފައްޔާޟް އިސްމާޢީލް، ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސަޢުދުﷲ ޙިލްމީ، ގައްދޫ ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު، ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ، ފޭދޫ ދާއިރާގެ މެންބަރު އިބްރާހިމް ދީދީ، މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙަންމަދު އަސްލަމް އަދި މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް ވަޑައިގެންނެވިއެވެ.
23 މުޙައްރަމް 1436
16 ނޮވެމްބަރ 2014