2015 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާބެހޭ ބަހުސް މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ 13 ވަނަ ޖަލްސާގައިވެސް ކުރިއަށްގެންދަވައިފިއެވެ. މިގޮތުން މިއަދުގެ ޖަލްސާގައި ޖުމްލަ 17 މެންބަރުން ބަހުސް ކުރައްވާފައިވެއެވެ.
ބަޖެޓްގެ އިބްތިދާޢީ ބަހުސްގެ މަރުޙަލާގައި މިހާތަނަށް ޖުމްލަ 47 މެންބަރުން ވާހަކަދައްކަވާފައިވެއެވެ.
ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 17 ނޮވެމްބަރ 2014 ވާ ހޯމަދުވަހު ހެނދުނު 9:00 ގައި ރައްޔިތުންގެ މަޖިލީސްކުރާގޭގައެވެ.
23 މުޙައްރަމް 1436
16 ނޮވެމްބަރ 2014