2015 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާބެހޭ ބަހުސް މިއަދުގެ ޖަލްސާގައިވެސް ކުރިއަށްގެންދަވައިފި

2015 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާބެހޭ ބަހުސް މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ 12 ވަނަ ޖަލްސާގައިވެސް ކުރިއަށްގެންދަވައިފިއެވެ. މިގޮތުން މިއަދުގެ ޖަލްސާގައި ޖުމްލަ 12 މެންބަރުން ބަހުސް ކުރައްވާފައިވެއެވެ.

ބަޖެޓްގެ އިބްތިދާޢީ ބަހުސްގެ މަރުޙަލާގައި މިހާތަނަށް ޖުމްލަ 30 މެންބަރުން ވާހަކަދައްކަވާފައިވެއެވެ.

ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 16 ނޮވެމްބަރ 2014 ވާ އާދީއްތަދުވަހު ހެނދުނު 9:00 ގައި ރައްޔިތުންގެ މަޖިލީސްކުރާގޭގައެވެ.

 

20 މުޙައްރަމް 1436

13 ނޮވެމްބަރ 2014