ބަލްގޭރިއާގެ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ހިޒް އެކްސަލަންސީ މިސްޓަރ ޕެޓް ކޯ ޑޮއިކޯވް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ މަސީޙް މުޙަންމަދުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލިސްކުރާ ގޭގައި މިއަދުއޮތް މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ރަޙްމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. ދެބޭފުޅުންގެ ވާހަކަފުޅުގައި ދެ ޤައުމުގެ ރައްޔިތުންގެ މަޖިލީހުގެ ދެމެދުގައި ގުޅުން އުފައްދައި އެގުޅުން ވަރުގަދަކުރުމަށް ކުރެވިދާނެ ކަންތައްތަކުގެ މައްޗަށްވެސް ބައްލަވާލެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހުގައި މަޖިލީހުގެ އަމީން ޢާންމު އަލްއުސްތާޛު އަޙްމަދު މުޙަންމަދާއި މަޖިލީހުގެ އިދާރާގެ ހެޑް، ފޮރިން ރިލޭޝަންސް އަލްފާޟިލް ޢަބްދުލްޙަމީދު ޒަކަރިއްޔާ ބައިވެރިވެވަޑައިގަތެވެ.
9 ނޮވެމްބަރ 2014